ސިޔާސީ

ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދެމި އޮންނާނަން- އެމްޑީއޭ


ރައީސް އަބްދުﷲ ޔާމީނަށް މިވަގުތު ދިމާވެފައިވާ
ހިތްދަތިކަމުން ސަލާމަތްވުމަށް އެއްބާރުލުން ދީ ސަރުކާރުގެ އާސާސްތައް
ވަރުގަދަކޮށް ބޭއްވުމަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދިނުމަށް
އެމްޑީއޭގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.  

އެމްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި
ބުނެފައިވަނީ، ކާރާ އެމްޑީއޭއާ އޮންނަ ގުޅުން ހީނަރުވެފައިވާ ކަމަށް ވާހަކަ
ދެކެވުނަސް އޭގެ ހަގީގަތެއް ނެތް ކަމަށާއި، އެމްޑީއޭ އަބަދުވެސް އޮންނާނީ ރައީސް ޔާމިނާއި އެކުގައިކަމަށެވެ. އިއްޔެ ބޭއްވި އެމްޑީއޭގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ސަރުކާރަށް މިވަގުތު ދިމާވެފައިވާ ކަންކަމުގައި އިތުރަށް އެއްބާރުލުންދީ، ސަރުކާރު ވަރުގަދަކޮށް ބޭއްވުމަށް ވަނީ އެމަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެމްޑީއޭއިން ބުނީ ގާނޫނުއަސާސީ އާއި ގާނޫނުތައް
ދަމަހައްޓައި އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ރާއްޖެ އަށް ތަރައްގީ
ހޯދައިދޭން އުފައްދާފައިވާ ޕާޓީއެއްކަމަށެވެ. އަދި އެ
ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި މިއަދާ ހަމައަށް ވެސް ދެގޮތެއް ނުވެ ސަރުކާރުގެ
ސިޔާސަތުތައް ގާނޫނީ ހަަމަތަކުގެ މަތިން ތަންފީޒު ކުރަމުންދާ ޕާޓީއެއްކަމަށްވެސް އެމްޑީއޭގެ ބަޔާނުގައިވެއެވެ.