ޚަބަރު

މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ސަސްޕެންޑްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުޙައްމަދު ޙަލީމް މަޤާމުން ސަސްޕެންޑްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ޙަސަން ޒިޔާއު ވަނީ ސާޖަންޓް އެޓް އާމްސް ސަސްޕެންޑް ކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުޙައްމަދު ޙަލީމް ސަސްޕެންޑްކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ. ޒިޔާއު ވިދާޅުވީ ޙަލީމް ސަސްޕެންޑްކޮށްފައި ވަނީ މަޖިލީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންކަމަށެވެ. އަދި މައްސަލަ ތަޙުޤީޤު ކުރަމުންދާތީ މައްސަލައާއި ގުޅޭ އިތުރު ތަފްޞީލު ހާމަކުރެވެން ނެތް ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް މުޙައްމަދު ޙަލީމް އެންމެ ފުރަތަމަ އައްޔަން ކުރައްވާފައިވަނީ 19 ނޮވެންބަރު 2013 ގައެވެ. އޭގެފަހުން 2019 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހު އޭނާ ވަނީ އެމަޤާމުގެ ދެވަނަ ދައުރަކަށް އައްޔަންކޮށްފައެވެ.