ވިޔަފާރި

މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އަންނަމަހު ކޮޗިންއަށް ފަށަނީ


އަންނަ މަހުން ފެށިގެން އިންޑިއާގެ ކޮޗިންއަށް މޯލްޑިވިއަންގެ ދަތުރުތަށް ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަންއިން މައުލޫމާތުދޭގޮތުގައި މިދަތުރުތައް ކުރާނީ ހަފްތާއަކު ތިން ދުވަހުއެވެ. މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ކޯޗިން އަށް އަލުން ފަށާއިރު، ފްލައިޓުތައް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

މިދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ. މޯލްޑިވިއަންއިން މައުލޫމާތު ދިން ގޮތުގައި ފްލައިޓުތައް ފަށާއިރު، ރިޓާން ޓިކެޓުގެ އަގުތައް އުޅޭނީ ކޮޅަކަށް 2313ރ. އިން ފެށިގެން ކަމަށެވެ. އެކުންފުނިން ވަނީ މިހާރުން ފެށިގެން ޓިކެޓު ބުކް ކުރުމަށް ހުޅުވާލާފައެވެ.

ކޯވިޑް-19 އާއި އެކު މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތައް ހުއްޓުމަކަށް އައެވެ. އެހެން ނަމަވެސް، ބޯޑަރު ހުޅުވުމާއެކު ހާއްސަ ދަތުރުތަކެއް މޯލްޑިވިއަން އިން ބައެއް ސަރަހައްދީ ޤައުމުތަކަށް ދަނީ ކުރަމުންނެވެ. އެގޮތުން މީގެ ކުރީން ވެސް އިންޑިއާގެ ކޮޗިންއަށް ޙާއްސަ ފްލައިޓުތަކެއް އެކުންފުނިން ބޭއްވިއެވެ.