ކުޅިވަރު

ގެޓާފޭއާ ވާދަކޮށް ބިލްބާއޯއިން ފަސޭހަ މޮޅެއް


ސްޕެނިޝް ލަލީގާގައި އެތުލެޓިކް ބިލްބާއޯ އާއި ގެޓާފޭ ބައްދަލުކުރިމެޗް ފަސޭހަ ކަމައެކު ބިލްބާއޯ ކާމިޔާބުކޮށްފިއެވެ. މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ 5 ލަނޑު އެއްލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ އެއްވަނަ މިނެޓްގައި ޖައިދިނީ ގެޓާފޭގެ މާރކް ކުސުރެއްޔާއެވެ. މިމެޗްގައި ބިލްބާއޯގެ ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ޖައިދިނީ ރައުލް ގާސިއާއެވެ. މިމެޗްގައި ބިލްބާއޯއަށް ފުރަތަމަ ފަހަރަށް ލީޑު ނަގާދިނީ ދެވަނަ ހާފް ފެށިގެން ފަސްވަނަ މިނެޓްގައި ޔެރޭ އަލްވަރޭޒް ޖައިދިން ލަނޑުންނެވެ. އަދި ތިންވަނަ ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ޖައިދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ގާސިއާއެވެ. ބިލްބާއޯގެ ހަތަރު ވަނަ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި އެލެހަންދްރޯ ބެރެންގުއޭ ރެމީރޯ ޖަހައިދިން އިރު ފަހުލަނޑު 82 ވަނަ މިނެޓްގައި ޖަހައިދިނީ އޮސްކަރ ޑި މާކަސްއެވެ.

މިކާމިޔާބީއާއެކު ބިލްބާއޯ މިހާރުވަނީ ޕޮއިންޓް ތާވަލްގެ 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 19 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކުއެވެ. އަދި ގެޓާފޭ އުޅެނީ ކުޅުނު 19 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.