ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޓިކްޓޮކް އެކައުންޓެއް ހުޅުވައިފިއެވެ.
ޓިކްޓޮކް އެކައުންޓެއް ހުޅުވާފައިވާކަން ޢާންމުކޮށްފައިވަނީ މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓެއްގައެވެ. އަދި ޓިކްޓޮކްގައި އެ އެކައުންޓް ފޮލޯކުރުމަށްވެސް މަޖިލީހުގެ އިދާރާއިން އެދިފައިވެއެވެ. މަޖިލީހުގެ ޓިކްޓޮކް އެކައުންޓުން ވަނީ ވީޑިއޯއެއްވެސް ޢާންމުކޮށްފައެވެ.
Follow us on TikTok! ? pic.twitter.com/QwKU3BZhCQ
— People's Majlis (@mvpeoplesmajlis) January 25, 2021
މަޖިލީހުން ޓިކްޓޮކަށް އާންމުކޮށްފައިވާ އެވީޑިއޯގައި ވަނީ ރައްޔިތުންގެ މަޖިލިސް މިދިޔަ އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާ މަންޒަރެވެ. އަދި އެވީޑިއޯގައި ވަނީ މިއަހަރށް މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ މަހު އޮންނާނެކަމަށްވެސް ބުނެފައެވެ.
https://www.tiktok.com/@peoplesmajlis?referer_url=https%3A%2F%2Fkhabaruonline.com%2F&referer_video_id=6921607070982671618
މަޖިލީހުން ހުޅުވި ޓިކްޓޮކް އެކައުންޓުން މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ފޮލޯކޮށްފައިވެއެވެ. ޓިކްޓޮކަކީ މިހާރު އާންމުންގެ މެދުގައި ވަރަށް މަޤްބޫލު އެޕްލިކޭޝަނެކެވެ. ވީޑިއޯ ޝެއަރކުރާ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން، ޓިކްޓޮކަކީ ޗައިނާގެ އެޕްލިކޭޝަނެކެވެ.