ޚަބަރު

"ސްޓޮޕް އެންޑް ޝޮޕް" ފިހާރަ، ފުލުހުން ބަލައި ފާސްކޮށްފި


ފުލުހުން ބަލަމުންދާ މައްސަލަޔަކާއި ގުޅިގެން، އަމީނީ މަގުގައި ހުންނަ "ސްޓޮޕް އެންޑް ޝޮޕް" ފިހާރަޔަށް ފުލުހުން ވަދެ، ތަޙުޤީޤަށް ބޭނުންވާ މައުލޫމާތުތަކެއް ހޯދައިފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު އެފިހާރައިގައި ފުލުހުން ހަރަކާތްތެރިވީ ބަލަމުންދާ މައްސަލާގައި ތަޙުޤީޤަަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލަޔާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ފުލުހުން ވަނީ ރޭ ދަންވަރު ގ.ހުމަށި ގެއަށް ވަދެ އެގޭގައި ހުރި ސީސީޓީވީ ފުޓޭޖްވެސް ތަޙުޤީޤަށް ގެންގޮސްފައެވެ. އެހެންނަމަވެސް ގ.ހުމަށި ގެއަށް ފުލުހުން ވަތް މައްސަލާގައި އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށް ފުލުހުން ބުނެއެވެ.