ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ބިދޭސީއެއް ހޯދަނީ


ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތުހުމަތު ކުރެވޭ ބިދޭސީއެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ ސައުތު ޕޮލިސް ޑިވިޜަންގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތުހުމަތު ކުރެވޭ އެމްޑީ އިދްރީސް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

އަދި އޭނާ ހޯދުމަށް އިއުލާންކޮށްފައިވަނީ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއެވެ.