ޚަބަރު

ސްކައުޓް ހަރަކާތާއި ގިނަ ޒުވާނުން ގުޅެންޖެހޭ-ޖަމީލް އުސްމާން


ޒުވާން ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް ސްކައުޓް ހަރަކާތާއި ގިނަ
ޒުވާނުން ގުޅެންޖެހޭކަމަށް ސްކައުޓް އެސޯސިއޭޝަންގެ ޑެޕިއުޓީ ޗީފް ކޮމިޝަނަރ އަދި
ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެ އެވެ.

ޖަމީލް  މިހެން ވިދާޅުވީ ޣާޒީސްކޫލުން އަލަށް
ސްކައުޓާއި ގުޅުނު ދަރިވަރުން ހުވާކުރުމަށާއި ބެޖާއި ސޭޝް ހާސިލް ކުރި
ދަރިވަރުންނަށް ބެޖާއި ސޭޝް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް އުސްމާންވަނީ ސްކައުޓުންގެ
މުހިއްމު ކަމާއި މުޖްތަމަޢުގައި ސްކައުޓުން އަދާކުރާ މުހިއްމު ރޯލުގެ މައްޗަށް
އަލިއަލުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އަދި ސްކައުޓުންނަށް ދޭ ބެޖްތައް
ރާއްޖޭގެ މާޙައުލާގުޅޭ ގޮތަށް ބަދަލުކުރުމާ ގުޅޭގޮތުންވެސް ޖަމީލްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

ޣާޒީސްކޫލުން
44 ދަރިވަރަކު ވަނީ އަލަށް ސްކައުޓާއި ގުޅިފައެވެ. 

ޣާޒީ ސްކޫލުގެ ސްކައުޓުންނަށް
ހާއްސަކޮށްގެން ކޭމްޕެއް މާދަމާ ފެށުމަށް އެސްކޫލުން މިހާރު އަންނަނީ ތައްޔާރު
ވަމުންނެވެ.