ޚަބަރު

ފުވައްމުލަކު ދަޑިމަގު ކުޅި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ފުވައްމުލަކު ސިޓީގެ ދަޑިމަގު ކުޅި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން މައުލޫމާތުދެއްވާ ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 12:15 ހާއިރުއެވެ. އަދި މިހާރު އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފްއިން މައުލޫމާތުދެއްވާ ގޮތުގައި މި ހާދިސާ އަލިފާން ރޯވެފައިވަނީ އެސަރަހައްދުގައި ހުރި ހުއި ތަކެއްގައި ރޯވެގެންނެވެ.

އެމްއެންޑީއެފް ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން އަންނަނީ އެސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.