ސ.ހިތަދޫ ކައިރިއަށް 7 ދިވެހިންނާއެކު މަހަށް ފުރި ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެމުން އެބަދެއެވެ.
"ބްލެކް ހެރޯން" ނަމަކަށްކިޔާ މި ލޯންޗު ހިތަދޫ ފަޅުތެރެއަށް ވެއްދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓް ގާޑުން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
މި ހާދިސާގެ ރިޕޯޓް ލިބުނީ ހަވީރު 17:13ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.