ތަޢުލީމު

ވިލާ ކޮލެޖުން ޖެނުއަރީގައި ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި


ވިލާ ކޮލެޖުން 2016 ވަނަ އަހަރު ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ތަފާތު 60 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އެކޮލެޖުން ހުޅުވާލައިފިއެވެ.އަންނަ އަހަރުގެ ފުރަތަމް ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް އިއުލާން ކުރުމަށް ވިލާ ކޮލެޖްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮލެޖުންވަނީ، އިންފޮރމޭޝަން ޓެކްނޮލޮޖީ އާއި، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، ޝަރީޢާ އެންޑް ލޯ، ހިއުމަން ރިސޯސަސް އަދި އެކައުންޓިންގ އާއި މެރިން ސްޓަޑީސް ދާއިރާއިން 1000 ށް ވުރެ ގިނަ  ޖާގައަށް ހުޅުވާލާފައެވެ.އަދި އެ ކޮލެޖުން މިއަދުވަނީ، މުޅީން އަލަށް، އަންނަ ޖެނުއަރީ މަހުން ފެށިގެން އިނގިރޭސިވިލާތުގެ މާޝްހޫރު، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހެއް އިފްތިތާހްކޮށްފައެވެ. އެއް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މި މާސްޓާސް ކޯހާއި ގުޅޭ ގޮތުން އެކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ވިދާޅުވީ،  އެކޮލެޖުން މަތީތައުލީމުގެ ގިނަ ކޯސްތަކެއް ރާއްޖޭގައި ހިންގަމުންދާކަމަށާއި، ބޭނުންވަނީ ދުނިޔޭން މަޝްހޫރު ޔުނިވަރސިޓީތަކުގެ ކޯސްތައް ދިވެހި ޒުވާނުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްކަމަށެވެ.މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހުގެ އިތުރުން އޭދަފުއްޓާއި، ނައިފަރު، އައްޑޫ އަދި ށ.ފުނަދޫއާ، އދ މަހިބަދޫގެ އިތުރުން، އިތުރު ލާރނިންގ ސެންޓަރ ތަކުގައި ވެސް ތަފާތު ކޯސްތައް އަންނަ އަހަރު ފެށޭނެކަމަށް ވިލާކޮލެޖުން ބުނެއެވެ. އަދި އަންނަ އަހަރު ހުޅުމާލޭގައި ވެސް ކޯސްތަށް ފަށާނެކަމަށް ވިލާ ކޮލެޖުން ބުނެއެވެ.2016 ގެ ޖެނުއަރީގައި ވިލާކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ތޭރަ ވަނަ ދުވަހުގެ ނިޔަލަށް  ކޯސްތަކުގައި ބައިވެރިވުމަށް އެދި ހުށައެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.