ޚަބަރު

މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެ


މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ.
މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު އަދި ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި ސަފާރީގައި ތިބި މީހުން އެހެން ލޯންޗަކަށް ނަގާފައިވާކަމަށް ވެސް އެެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ސަފާރީގައި ރޯވި އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ލޯންޗެއް އެ ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށެވެ. އާންމު ފަރާތަކުން ދީފައިވާ މަޢުލޫމާތަކާ ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އަލިފާން ރޯވި ސަފާރީން ދުން އަރާތަން މިހާރު ނުފެންނަކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ 13:24 ހާއިރުކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.