ޚަބަރު

ކިޔެވުން ނިންމި ޑޮކްޓަރުންނަށް އައިޖީއެމްއެޗުގައި ތަމްރީނުވުމުގެ ފުރުސަތު


އެމްބީބީއެސް ފުރިހަމަކޮށްފައިވާ ޑޮކްޓަރުންނަށް އައިޖީއެމްއެޗްގެ އިންޓާން ޝިޕް ޕްރޮގްރާމު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ. އެ ހޮސްޕިޓަލުން ވަނީ އިންޓާން ޝިޕްގައި ބައިވެރިވުމަށް 20 ފުރުސަތު ހުޅުވާލާފައެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާން ޝިޕް ހެދުމަށް ބޭނުންވާ ޑޮކްޓަރުންނަށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 28 ވަނަދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

އިންޓާންޝިޕް އަށް އެދި ހުށައަޅާ ކެނޑިޑޭޓުންގެ ޝަރުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖަކުން ނުވަތަ ޔުނިވާ ސިޓީއަކުން އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވުން ހިމެނެއެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" އޮތުމަކީވެސް އިންޓާން ޝިޕަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުތެކެވެ.

މެޑިކަލް އިންޓަރންޝިޕަށް ކުރިމަތިލާން ބޭނުންވާ އެޕްލިކޭޝަން ފޯމް އައިޖީއެމްއެޗްގެ ވެބްސައިޓުން ލިބެންހުންނާނެކަމަށާއި ފޯމް ފުރިހަމަކުރުމަށްފަހު [email protected] އަށް މެއިލްކުރުމަށް އައިޖީއެމްޗުން އެދެއެވެ. މީގެއިތުރުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އަށް މެޑިކަލް އިންޓާން ޝިޕް އޮފީހުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.