ވިޔަފާރި

7 ރަށެއްގައި އައިސް ޕްލާންޓް ޤާއިމްކުރަނީ


މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން 7 ރަށެއްގައި ޤާއިމް ކުރާ އައިސް ޕްލާންޓް ތަކުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާނެލޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.ޕީއެސްއެމަށް މައުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓަރުގެ ނާއިބް ޝަޒާއީލް ޝިޔާމް ވިދާޅުވީ، މިފްކޯއާއި ހަވާލުކޮށްގެން ޤާއިމްކުރާ މި  މި އައިސް ޕްލާންޓްތަކުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށާއި، މި އަހަރު ނިމުމުގެ ކުރިން މި ހަތް އައިސްޕްލާންޓްގެ ހިދުމަތް މަސްވެރިންނަށް ލިބޭނެކަމަށެވެ.މި 7 އައިސްޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ނ.ޅޮހީ، ބ. ތުޅާދޫ، ރ. އަލިފުށި، ތ. ހިރިލަންދޫ، ގއ. ކޮލަމާފުށީ އަދި ގއ ދެއްވަދޫގެ އިތުރުން ގއ. ދާންދޫގައެވެ.މި އައިސްޕްލާންޓްތަކުގެ އިތުރުން ފުވައްމުލަކުގައި ވެސް އައިސްޕްލާންޓެއް ޤާއިމްކުރުމަށް ނިންމަވާފައިވާކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މި އައިސްޕްލާންޓް ބެހެއްޓުމަށްވެސް މިފްކޯއާއި މިހާރު ހަވާލުކޮށްފައިވާކަމަށާއި އަންނަ އަހަރުގެ މެދުތެރޭގައި މި އައިސްޕްލާންޓްގެ މަސައްކަތްވެސް ނިމި މަސްވެރިންނަށް ޚިދުމަތް ލިބޭވަރު ވާނެކަމަށް ޑެޕިއުޓީ މިނިސްޓަރ ޝަޒާއިލް ވިދާޅުވިއެވެ.މި އައިސްޕްލާންޓްތަކަކީ ދައުލަތުގެ ބަޖެޓުން ހަރަދުކުރައްވައިގެން ޤާއިމްކުރާ އައިސްޕްލާންޓްތަކެއްކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.