ޚަބަރު

މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް އިތުރު ބޭފުޅަކު ޢައްޔަންކުރައްވައިފި


މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ، ހ.ފޭވަރ، ޞަފިއްޔާ މުޙައްމަދު ސަޢީދުއެވެ. ޞަފިއްޔާ މުޙައްމަދު ސަޢީދު މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ގެ މަޤާމުގައެވެ.

ޞަފިއްޔާ މުޙައްމަދު ސަޢީދަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމްއިން މާސްޓަރ އޮފް އާޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސް (ޑިޕްލޮމަސީ) ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.
އަދި ޞަފިއްޔާ ވަނީ އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ސައިންސް އިން (ޖޮއިންޓް) ބިޒްނަސް ސްޓަޑީޒް އެންޑް ޖަޕަނީސް ސްޓަޑީޒް ހާސިލުކުރައްވާފައެވެ.

މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމުގައި މިވަގުތުވެސް 4ބޭފުޅުން ތިއްބަވައެވެ. އެއީ އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު، ނިޝާމާ މުޙައްމަދު، މަރްޔަމް ޚާލިދާ އަދި އަބޫބަކުރު އަބްދުލްކަރީމްއެވެ.