ކުޅިވަރު

ކޮޕާ އިޓާލިއާގެ ކުއާޓަރ ފައިނަލުން އިންޓަރ މިލާން ޖާގަހޯދައިފި


ކޮޕާ އިޓާލިއާގެ ކްއާޓަރ ފައިނަލުން އިންޓަރ މިލާން ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލުން އިންޓަރ ޖާގަހޯދީ ފިއޮރެންޓީނާ އާ ރޭ ބައްދަލުކުރި މެޗް 2 ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްގެންނެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު މެެޗްގެ 40 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިންޓަރގެ އަރުތޫރޯ ވިދާލްއެވެ. ނަމަވެސް ފިއޮރެންޓީނާގެ ކްރިސްޓިއަން ކޮއުއާމޭ ވަނީ މެޗްގެ 57 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިމެޗްގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. އަދި މިމެޗުން އިންޓަރ މޮޅުވި ލަނޑު މެޗްގެ 119 މިނެޓްގައި ޖަހާދިނީ ރޮމެލޫ ލުކާކޫއެވެ.

މިކާމިޔާބީއާއެކު އިންޓަރ މި މުބާރާތުގެ ކްއާޓަރ ފައިނަލަށް ދަތުރުކޮށްފައިވާއިރު ކްއާޓަރ ފައިނަލްގައި އެޓީމް ވާދަކުރަން ޖެހެނީ ވާދަވެރި އޭސީ މިލާން އާއެވެ. މިލާން ކްއާޓަރ ފައިނަލުން ޖާގަހޯދީ ޓޮރީނޯއާ ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.