ޚަބަރު

ކޯވިޑް-19 : މިއަދުވެސް 59 މީހުން ޕޮޒިޓިވް، ގިނައީ ރިސޯޓްތަކުން ޕޮޒިޓިވްވި ކޭސްތައް


ރާއްޖެއިން މިއަދުވެސް އިތުރު 59 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު 14277އަށް އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން ޢާންމުކޮށްފައިވާ އެެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އަލަށް ޕޮޒިޓިވްވި 59 މީހުންގެ ތެރެއިން 33 މީހުން ޕޮޒިޓިވްވެފައިވަނީ ރިސޯޓްތަކުންނެވެ. މީގެ ތެރޭގައި އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ޕޮޒިޓިވްވި 27 މުވައްޒަފުން ހިމެނެއެވެ. މާލެ ސަރަހައްދުން 17 މީހުން ޕޮޒިޓިވެފައިވާއިރު، ރަށްރަށުން ޕޮޒިޓިވްވިކަމަށް ހާމަކޮށްފައިވަނީ 9 މީހުނެނެވެ.

މިއާއެކު ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 14277އަށް އިތުރުވެ އެކްޓިވް ކޭސްތަކުގެ ޢަދަދުވަނީ 783އަށް އަރާފައެވެ. ކޯވިޑް-19ގެ ހާލަތު އަނެއްކާވެސް ގޯސްވާފަދަ މަންޒަރުތަކެއް ފެންނަންފަށާފައިވާއިރު، މިބަލީގައި އެޑްމިޓްކޮށްގެން 55 މީހުންނަށްދަނީ ފަރުވާދެމުންނެވެ.

ކޯވިޑް-19 ދެނެގަތުމައްޓަކައި ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި 3318 ސާމްޕަލް ނަގާފައިވާއިރު، މިހާތަނަށް ރާއްޖޭގައި ނެގި ސާމްޕަލްތަކުގެ ޢަދަދުވަނީ 351491 އިތުރުވެފައެވެ.