އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ގުރުމާއި އެކު ބޯކޮށް ވާރޭވެހޭނަކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކަށް ސަމާލުގެ އިންޒާރު ނެރެފައެވެ. މިގޮތުން އެ ސަރަހައްދުގެ ރަށްތަކަށް ހެނދުނު 07:00 ފެށިގެން މެންދުރު 12:00 ދެމުދުގެ ވަގުތުތަކުގައި ގުގުރުމާއި އެކު ބޯކޮށް ވާރާވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މެޓް އޮފީހުން ވިދާޅުވީ ދެކުނުގެ ބައެއް ރަށްތަކަށްވެސް ގުގުރުމާއި އެކު ކެރީގެ އަސަރުކުރުން އެކަށީގެންވާކަމަށެވެ. މިއަދު ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމުދުގެ ބާރު މިނެއްގައެވެ. އަދި ރާޢްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މެޓް އޮފީހުންވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.