ސިޔާސީ

ރައީސް ޔާމީންގެ ޤާނޫނީ ސަރުކާރު ހިމާޔަތްކުރަން ތައްޔާރު: ގާސިމް


ސަރުކާރު ހިމާޔަތް ކޮށްދީ ޤާނޫނީ ގޮތުން ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވި ކޮންމެ ކަމެއް ސާބިތުކަންމަތީ ކުރުމަށް ތައްޔާރަށް ހުނެނެވި ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން އަށް ތާއީދު ކޮށް "އަސުރުމާ" ގެ ނަމުގައި ހިންގާ ސޯޝަލް ނެޓްވޯކް އަކަށް ޖުމުހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ދެއްވި ކުރު އިންޓަވިއުގައި، ރާއީސް ޔާމީންގެ ހަށިކޮޅަށް ގެއްލުން ދޭން ފިނިފެންމާ ލޯންޗްކޮޅަށް ދިން ހަމަލާއަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ، ގައުމެއްގައި ޤާނޫނީ ގޮތުން ހޮވިފައިވާ ވެރިއެއްގެ ފުރާނަފުޅަށް ގެއްލުން ދީ އެފަދަ ކަމެއް ހިންގުމަކީ އެއްވެސް ހާލެއްގައި ތާއީދު ކުރައްވާ ކަމެއް ނޫންކަމަށެވެ. މިއީ، ވަރަށް ނުރުހޭ އަދި ގަބޫލުނުކުރެވޭނެ ކަމެއްކަމަށް ވިދާޅުވަމުން މިހަމަލާއަކީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ގާސިމް ވަނީ ސިފަކުރައްވާފައެވެ.ގާސީމް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަކީ އޭނާވެސް ތާއީދު ކޮށްގެން ގެނައި ސަރުކާރެއްކަމަށާއި، އެއްވެސް ހާލެއްގައި ނިކަމެއެތި ކަމުގެ ތެރެއިން ގޮސް ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ ގާނޫނީ ބާރުތަށް ގެއްލިގެންދާކަށް ބޭނުންނުވާކަށެވެ. ގާސިލް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ހިތްޕުޅުގައި ރައީސް ޔާމީނާއިމެދު އިޚްލާސްތެރި ޝުއޫރުތަކެއް އުފެދިފައިވާކަމަށެވެ.ގާސިމް މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ، ފިނިފެންމާ ލޯންޗްގައި ހިނގާދިޔަ ހާދިސާއާއި ގުޅޭ ގޮތުން ޕީޕީއެމްއާއި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ މަޖްލިސް މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހޯމަ ދުވަހު މުލީއާގޭގައި ބައްދަލުކުރެއްވާ މަޢުލޫމާތު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.