ޚަބަރު

އެމްއެމްޕީއާރުސީގެ އޮފީސް އަދިވެސް ބަންދުކޮށްފައި


ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަނަކާއި ގުޅިގެން ވަކި ގޮތެއް އަންގަންދެން އޮފިހަށް ނުނުކުމެ މަޑުކުރުމަށް އަންގާފައިވާކަމަށް އެމްއެމްޕީއާރުސީގެ ބައެއް މުވައްޒަފުން ބުނެފިއެވެ.ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްއެމްޕީއާރުސީގެ އޮފީސް، ފުލުހުންނާއި ސިފައިންވަނީ ބަލާ ފާސްކޮށް އެތަނުން ބައެއް ތަކެތި ތަހުގީގަށް ގެންގޮސްފައެވެ. އަދި އެ ރެއިން ފެށިގެން އެމްއެމްޕީއާރުސީގެ އޮފީސްވަނީ މުވައްޒަފުންނަށް ނުވަދެވޭގޮތަށް ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އިއްޔެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑައިރެކްޓަރ އަބްދުﷲ ޒިޔަތު ފުލުންގެ މަރުކަޒަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެއެވެ.މިއަދުވެސް އެއޮފީސް ހުރީ ބަންދުކޮށްފައެވެ. ނަމަވެސް މި ތަހުގީގާއި ގުޅޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.