ކުޅިވަރު

އެފްއޭ ކަޕްގެ 4ވަނަ ބުރުން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފި


އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފިއެވެ. ސިޓީ ހަތަރުވަނަ ބުރުން ޖާގަހޯދީ އަމިއްލަ ދަނޑުގައި ބަރމިންހަމް ސިޓީ އާ ރޭ ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު 3 ލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގައި މެންޗެސްޓަރ ސިޓީއިންވަނީ އެޓީމުން ފަހަކަށް އައިސް ދައްކަމުންދާ މޮޅު ކުޅުން ދައްކާފައެވެ. އަދި މިމެޗަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލޯ ނެރެފައިވަނީވެސް ވަރުގަދަ ޓީމެކެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ޖަހަދިނީ މެންޗެސްޓަރ ސިޓީއަށް ކުޅޭ ޕޯޗުގަލްގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ބެނާރޑޯ ސިލްވަރއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހާދިނީވެސް ސިންވަރއެެވެ. މިމެޗްގައި ސިޓީގެ ތިންވަނަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ޖަހާދިނީ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ފިލް ފޯޑަންއެވެ. މިއީ މިސީޒަންގައި އޭނާ ސިޓީއަށް ޖަހާދިން ހަތްވަނަ ލަނޑެވެ.

މިމެޗްގައި މީގެއިތުރުން ވެސް މެންޗެސްޓަރ ސިޓީއަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތު ލިބި ބޭކާރުވެފައިވެެއެވެ. ރޭގެ މެޗްގައި ސިޓީއަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާ ސަރޖިއޯ އަގުއެރޯ ފުރަތަމަ އެގާރައިން ފެނިގެންދާނެކަމަށް ޕެޕް ކުރިން ހާމަކުރި ނަމަވެސް ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކާ ދިމާވެފައިވުމުގެ ސަބަބުން އެންމެ ފަހު ވަގުތު އަމިއްލައަށް ގޭގައި އެކެހެރިވާން ޖެހުމުން މިމެޗްގައި ކުޅެވޭ ގޮތެއް ނުވިއެވެ. މިކާމިޔާބީއާއެކު މެންޗެސްޓަރ ސިޓީ މިހާރު މިވަނީ މިމުބާރާތުގެ 4 ވަނަ ބުރުން ޖާގަހޯދައިފައެވެ.