ކުޅިވަރު

ޝަވީދުގެ ދެނައިބުންގެ ގޮތުގައި އަލީ އުމަރާއި، ހާނިމް




          އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާ ޝަވީދުގެ
ދެނައިބުންގެ ގޮތުގައި ޤައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ އަލީ އުމަރާ
އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ހާނިމްގެ ނަން ލިސްޓާއެކު
ހުށަހަޅައިފި.

އަންނަ ބުރާސްފަތި ދުވަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި
އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާ ހަމައެކަނި ކެނޑިޑޭޓްކަމަށްވާ މުހައްމަދު
ޝަވީދުގެ ނަމާއެކު ފޮނުވާފައިވާ ލިސްޓްގައި ދެނައިބުންގެ އިތުރުން އެކްސްކޯއަށް ހަ
ބޭފުޅެއްގެ ނަން ވަނީ ހުށަހަޅާފައެވެ.

   އެ ހަބޭފުޅުންނަކީ ޤައުމީ ޓީމްގެ ފިޒީޝަން
އަހުމަދު ޝަކީބު، އެފްއޭއެމް ވިމެންސް ކޮމިޓީގެ މެމްބަރ މަރިޔަމް މުހައްމަދު
މާޔަން، ބޭންކް އޮފް މޯލްޑިވްސްގެ މާކެޓިންގ މެނޭޖަރ އައިޝަތު ޒަމްރާ ޒާހިރު،
ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކެއްގެ ގޯލް ބެލެހެއްޓި ކުރީގެ ގޯލް ކީޕަރ މުހައްމަދު
ޝިނާން ނާނި، ހައްސާން ހަމީދު އަދި ހަސަން މުހައްމަދު އެވެ.

    އަންނަ ބުރާސްފަތި ދުވަހު
ކުރުނބާ މޯލްޑިވްސްގައި ބާއްވާ އެފްއޭއެމް ކޮންގްރެސްގައި އެންމެ ކެނޑިޑޭޓެއް
ވާދަކުރައްވާތީވެ ނަގާނީ ފެންނަ ނުފެންނަ ވޯޓެއް ކަމަށް އެފްއޭއެމްއިން
މަޢުލޫމާތުދެއެވެ.