ޚަބަރު

ފުވައްމުލަކު ސިޓީގައި މޫދަށް އެރިއުޅުނު ކުއްޖަކު ގެއްލިއްޖެ


ފުވައްމުލަކު ސިޓީގައި މޫދަށް އެރިއުޅުނު 17 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ފުވައްމުލަކު ސިޓީގެ މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 17 އހަރުގެ ކުއްޖަލު ގެއްލިފައިވާ ކަމުގެ މަޢުލޫމާތު މިއަދު 16:47ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެކުއްޖާ ހޯދުމަށް ފުލުހުން އެ ސަރަހައްދުގައި ޙަރަކާތްތެރިވަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.