ސިއްހަތު

ޑެންގީ ހުންޖެހިގެން 5 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ


ޑެންގީހުން ޖެހިގެން ގއ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އުމުރުން ފަސްއަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.މި ކުއްޖާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 6:50 އެހާކަންހާއިރުކަމަށް ގއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޝާފިޒް އިސްމާއިލު ވިދާޅުވިއެވެ.ޑެންގީ ހުންޖެހިގެން މިއަދު ނިޔާވި ކުއްޖާއަށް ވަނީ ޑެންގީ ހެމަރެޖިކް ފީވާރ ޖެހިފައި ކަމަށާއި އެކުއްޖާ ނިޔާވެފައިވަނީ އިންޓަރނަލް ބްލީޑެއްގެ ސަބަބުންކަމަށް ޝާފިޒް ވިދާޅުވިއެވެ.މީގެ އިތުރުން ޝާފިޒް ވިދާޅުވީ އުމުރުން ފަސްއަހަރުގެ މިކުއްޖާ ގއ އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ އިއްޔެރޭ ކަމަށާއި އެކުއްޖާ ނިޔާވެފައިވަނީ، އިތުރު ފަރުވާދިނުމަށްޓަކައި މިއަދު ހެނދުނުގެ ފްލައިޓުން މާލެ ގެންދަން ތައްޔާރުވެފައިވަނިކޮށްކަމަށް ޝަފިޒް ވިދާޅުވިއެވެ.އެކުއްޖާއަކީ ކަނޑުހުޅުދޫގައި ދިރިއުޅެމުންދާ ފުވައްމުލަކު ކުއްޖެއްކަމަށް ގއ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.