ސިއްހަތު

އިންޑިޔާގެ އިތުރު ހޮސްޕިޓަލްތަކަކުން އާސަންދަ ލިބޭނެ ގޮތް ހަދަނީ


އިންޑިޔާގެ އިތުރު
ހޮސްޕިޓަލްތަކުން އާސަަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް
ހޮސްޕިޓަލްތަކާ މަޝްވަރާކުރަމުން ގެންދާ ކަމަށް އާސަންދަ ކޮމްޕެނީއިން ހާމަކޮށްފި އެވެ.

އާސަންދައި ޚިދުމަތް ދިނުމާއި ގުޅޭ ގޮތުން އިންޑިޔާގެ 4 ހޮސްޕިޓަލަކާއިއެކު
މަޝްވަރާކުރަމުން ދާ ކަމަށް އާސަންދަ ކޮމްޕެނީއިން މައުލޫމާތު ދީފައިވެ އެވެ. އޭގެ ތެރޭގެ މައިސޫރުގެ ހޮސްޕިޓަލްތައްވެސް ހިމެނޭ
ކަމަށް އާސަންދަ ކޮމްޕެނީއިން މައުލޫމާތު ދެއެވެ.

ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން
އާސަންދައިގެ ދަށުން ފަރުވާ ކުރެވެނީ ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބަލިތަކަށެވެ. 

އިންޑިޔާ އާއި ސްރީލަންކާގައި އާސަންދައިގެ ދަށުން ޚިދުމަތް ލިބޭ 23 މަރުކަޒެއް މިހާރު ހުންނާނެ ކަމަށް އާސަންދައިން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި އިންޑިޔާގެ ޓްރިވެންޑްރަމްއާއި،
ބެންގަލޫރާއި، ކޮއިނބަތޫރާާއާއި، ކޮޗިން އަދި ޗެންނާއީގެ 16 ތަނެއް ހިމެނެއެވެ. އަދި ސްރީލަންކާގެ 7 ތަނަކުންވެސް އާސަންދައިގެ ދަށުން ޚިދުމަތް ލިބިމުންދާނެކަމަށް އާސަންދަ ކޮމްޕެނީއިން މައުލޫމާތުދެއެވެ.