ވިޔަފާރި

ރާއްޖެއިން ޕާކިސްތާނަށް ދާއިރު ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅަން ނުޖެހޭގޮަތަށް ހަމަޖައްސައިފި


ރާއްޖެއިން އަވަށްޓެރި ޕާކިސްތާނަށް ދަތުރުކުރާ މީހުން އެޤައުމަށް އެތެރެވުމުގެ ކުރިން ކޯވިޑް-19ގެ ޓެސްޓު ހަދަން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

ޕާކިސްތާންގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދިޔަ އަނގާރަދުވަހު ވަނީ އެޤައުމަށް އެތެރެވާއިރު، ކޯވިޑް-19ގެ ޓެސްޓުގެ ނަތީޖާ ހުށަހަޅަން ނުޖެހޭ ވަކި ޤައުމުތަކެއް ކަނޑައަޅާފައެވެ. އެގޮތުން މި ލިސްޓުގައި ޤައުމުތަށްވަނީ ތިން ކެޓަގަރީއަކަށް ބަހާލާފައެވެ. އެއީ ކެޓަގަރީ އޭ، ބީ، އަދި ސީ އެވެ.

ކެޓަގަރީ އޭގައި ހިމެނޭ ޤައުމުތަކުން ޕާކިންތާނަށް ދަތުރުކުރާ މީހުން ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅާކަށް ނުޖެހެއެވެ. ކެޓަގަރީ އޭ ގައި 23 ޤައުމެއް ހިމެނެއެވެ. ރާއްޖޭގެ އިތުރުން މި ކެޓަގަރީގައި އޮސްޓްރޭލިއާއާއި ނިއުޒިލެންޑާއި ފިންލޭންޑާއި ސިންގަޕޫރާއި ސައުތު ކޮރެއާފަދަ ޤައުމުތައް ހިމެނެއެވެެ. ކެޓަގަރީ ބީގައި ހިމެނޭ ޤައުމުތަކުން ދަތުރުކުރާ މީހުން 96 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ހުށަހަޅަންޖެހެއެވެ.

ކެޓަގަރީ ސީގައި މިވަގުތު އެއްވެސް ޤައުމެއް ހިމަނާފައެއް ނުވެއެވެ. އެކެޓަގަރީއަށް އަންނަ ޤައުމުތަކުން ޕާކިސްތާނަށް ދަތުރުކުރާ މީހުން ދަތުރުކުރުމުގެ ކުރިން ޕީސީއާރު ޓެސްޓެއް ހަދަން ޖެހެއެވެ. އަދި ޕާކިސްތާނަށް އެތެރެވުމަށްފަހުވެސް ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެކަމަށް ޕާކިސްތާންގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކުރެއެވެ.