ޚަބަރު

މޯލްޑިވިއަން އިން އާ މަތިންދާބޯޓެއް ރާއްޖެ ގެނެސްފި


މޯލްޑިވިއަން އިން ރާއްޖެއަށް އާ މަތިންދާ ބޯޓެއް ގެނެސްފިއެވެ.އަލަށް ގެނެވުނު، ބޮމްބާޑިއަން ޑޭޝް 8 މަރުކާގެ މި މަތިންދާ ބޯޓަކީ 50 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެއް ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ހާރިސް ވިދާޅުވީ މި ބޯޓަކީ މޯލްޑިވިއަންއަށް އިސްލާމިކް ފައިނޭންސްގެ ދަށުން ގެނައި ފުރަތަމަ ބޯޓް ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މި ބޯޓުގެ ޚިދުމަތްދޭން ފަށާނެ ކަމަށެވެ. އަދި މި ބޯޓު ކުންފުނީގެ ފްލީޓަށް އިތުރުވުމުން ވަޒީފާގެ އިތުރު ފުރުސަތުތައް ދިވެހިންނަށް ހުޅުވިގެންދާނެ ކަމަށްވެސް ހާރިސް ވިދާޅުވިއެވެ.މީގެ އިތުރުން، ވޭތުވެދިޔަ 2 އަހަރު ތެރޭގައި 400 އަށް ވުރެ ގިނަ ވަޒީފާ، މިދާއިރާއިން އިތުރު ކުރެވިފައިވާކަންވެސް ހާރިސް ފާހަގަކުރެއްވިއެވެ.އަދި މި ބޯޓް ރާއްޖޭގެ 9 މަންޒިލެއްގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމަށްވެސް ދަތުރުތައް ކުރާނެ ކަމަށް ހާރިސް ވިދާޅުވިއެވެ.މިއަދު މި ގެނެވުނު ބޯޓާއިއެކު މޯލްޑިވިއަންގެ މަތިންދާ ބޯޓުތަކުގެ އަދަދު 16 އަށް އަރާފައިވާކަމަށްވެސް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.