ޚަބަރު

މޯލްޑިވްސް ވޭވް، ގިވްއަވޭގެ ނަސީބުވެރިންނާ އިނާމު ޙަވާލުކޮށްފި


މޯލްޑިވްސް ވޭވްގެ ފަރާތުން ކުރިޔަށް ގެންދިޔަ ގިވްއަވޭގެ އިނާމް ނަސީބުވެރިންނާ ޙަވާލުކޮށްފިއެވެ. މި ގިވްއަވޭއަށް ގުރުއަތުން ހޮވުނު މީހުންނަށް ވަނީ އަގުހުރި އިނާމު ދީފައެވެ. މޯލްޑިވްސް ވޭވްއަށް އެއް އަހަރުވުމާއި ގުޅިގެން ކުރިޔަށްގެންދިޔަ ގިވްއަވޭގެ އިނާމް ނަސީބުވެރިންނާއި ހަވާލުކޮށްފައިވަނީ މޯލްޑިވްސް ވޭވްއިން ބޭއްވި ޚާއްސަ އިވެންޓެއްގައެވެ.

މޯލްޑިވްސް ވޭވްގެ ފަރާތުން އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މިގިވްއަވޭއަކީ ދެފުށް ފެންނަ ގޮތަށް އިންސާފުވެރިކަމާއެކު ކުރިޔަށް ގެންދިޔަ ގިވްއަވޭއެއްކަމަށް މޯލްޑިވްސް ވޭވްއިން މައުލޫމާތުދެއެވެ. އަދި މި ގިވްއަވޭގެ 1ވަނަ 2ވަނަ އަދި 3ވަނަ ލިބުނު ނަސީބުވެރިންނަށް މޯލްޑިވްސް ވޭވްއިން ކަނޑައަޅާފައިވާ އިނާމް ވަނީ ޙަވާލުކޮށްފައެވެ.

މޯލްޑިވްސް ވޭވްގެ ގިވްއަވޭގެ އެއްވަނަ ލިބުނު ފަރާތަށް ވަނީ ހަތް ހާސް ރުފިޔާގެ ފައިސާގެ އިނާމާއެކު، ޕީއެސް ފައިވްއަކާއި މޯލްޑިވްސް ވޭވްގެ ރޯޔަލް އެޑިޝަންގެ ބޮޑުބެރު ސީރީސްގެ ޕެއާރއެއް، އަދި އައިފޯން 12 އެއް ދީފައެވެ. ދެވަނަ ލިބުނު ފަރާތަށް ދީފައިވަނީ ލަވާސް ޕެކޭޖެކެވެ. މީގެ އިތުރުން ތިންވަނަ ހޯދި ފަރާތަށްވަނީ ތިން ހާސް ރުފިޔާގެ ފައިސާގެ އިނާމާއެކު މޯލްޑިވްސް ވޭވްގެ ވެލާ ސީރީސްގެ ޕްރެޒިޑެންޝަލް ބްލޫގެ ފިރިހެން ގަޑިއެއް ދީފައެވެ.

މޯލްޑިވްސް ވޭވްއަކީ ދިވެހިރާއްޖޭގައި ގަޑި އުފައްދާ މަޝްހޫރު ހުންފުންޏެކެވެ. އެކުންފުނިން އުފައްދާ ގަޑިތައް ޚާއްސަކޮށްފައިވަނީ ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހިވަންތަ ޑިޒައިންތަކަށެވެ.