ވިޔަފާރި

ޗައިނާ ފޯރަމް ސިންގަޕޫރު ފޯރަމަށްވުރެއް ކާމިޔާބުވާނެ - މިނިސްޓަރ


ޗައިނާގައި ބާއްވާ
އިންވެސްޓްފޯރަމަށް ސިންގަޕޫރުގައި ބޭއްވި ފޯރަމަށްވުރެ ކާމިޔާބުވާނޭކަމަށް
އިކޮނޯމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.



ހޯމަ ދުވަހު ފެށުމަށް
ހަމަޖެހިފައިވާ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ
ބެއިޖިންގ އަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން
މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ އިންވެސްޓަމަންޓް ފޯރަމަށް 600 އަށް ވުރެ
ގިނަ ކުންފުނި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެ ކުންފުނި ތަކުގެ ތެރޭގައި
ޗައިނާގެ އިތުރުން މި ސަރަޙައްދުގެ ޤައުމުތަކުންވެސް ބައިވެރިވެފައިވާކަމަށް
މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އަދި ހަމަ މިފަހަރުގެ ފޯރަމްގައި އެގްޒިބިޝަނެއް ވެސް
ކުރިއަށް ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ރާއްޖޭން ބާއްވާ 2 ވަނަ
އިންވެސްޓްމެންޓްފޯރަމްގައި އެކިގައުމުތަކުގެ އިންވެސްޓަރުން ބައިވެރިވެއެވެ. އޭގެތެރޭގައި
ފޯރަމްބާއްވާ ގައުމުޗައިނާގެ އިތުރުން ސިންގަޕޫރު، އޮސްޓްރޭލިއާ، އިންޑިއާ، ސްރީލަންކާ
އަދި އިރުމަތީއޭޝިއާގެ ގައުމުތައްހިމެނެއެވެ.



ކުރިން މި
އިންވެސްޓްމަންޓް ފޯރަމްގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވަޑައިގަންނަވާ ގޮތަށް
އޮތް ނަމަވެސް، ރިޔާސީ ލޯންޗުކޮޅުގައި ހިނގާދިޔަ ހިތާމަވެރި ޙާދިޞާ އާއި ގުޅިގެން މިފަހަރުގެ
ފޯރަމްގައި އެމަނިކުފާނު ބައިވެރިވަޑައިނުގަންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



އިންވެސްޓްމަންޓް
ފޯރަމްގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވަޑައިގަންނަވަނީ ނާއިބް
ރައީސް އަހްމަދު އަދީބްއެވެ.