ކުޅިވަރު

އިންގްލަންޑް ކްރިކެޓް ޓީމްގެ އޯލް ރައުންޑަރ ކޯވިޑް 19 އަށް ޕޮސިޓިވް


ސްރީލަންކާއާއެކު ޓެސްޓް ދެ މެޗް ކުޅުމަށްޓަކައި އެޤައުމަށް ދަތުރުކުރި އިންގްލަންޑް ކްރިކެޓް ޓީމްގެ އޯލް ރައުންޑަރ މުއީން އަލީ ކޮވިދް 19 އަށް ޕޮސިޓިވް ވެއްޖެއެވެ.

މުއީން ޕޮސިވިޓް ވެފައިވަނީ ސްރީލަންކާއަށް އައުމަށްފަހު އެއަރޕޯޓްގައި ހެދި ޕީސީއާރު ޓެސްޓުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އިންގްލަންޑުން ފުރުމުގެ ކުރިން ހެދި ޓެސްޓުން މުއީންގެ ނަތީޖާ ނިކުތީ ނެގަޓިވްކޮށެވެ. އަދި މިހާރު ސްރީލަންކާގެ ޤަވައިދު ބުނާގޮތަށް 10 ދުވަސް ވަންދެން މުއީން ކަރަންޓީން ކުރެވޭނެއެވެ. އަދި އޭނާގެ ކްލޯސް ކޮންޓެކްޓެއްގެ ގޮތުގައި އެޓީމްގެ އޯލް ރައުންޑަރ ކްރިސް ވޯކްސްވެސް އެކަހެރި ކުރެވޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

އިންގްލަންޑް ޓީމްގެ އެހެން ހުރިހާ ކުޅުންތެރިންގެ ދެވަނަ ޓެސްޓެއް މިއަދު އަލުން ނެގޭނެއެވެ. އަދި ހުރިހާ ކުޅުންތެރިން ނެގަޓިވް ވެއްޖެނަމަ މާދަމާ އެޓީމުން ފަރިތަކުރުންތަށް ފަށާނެއެވެ. އިންގްލަންޑްގެ ކެޕްޓަން ޖޯ ރުޓް މިދިޔަ ހަފްތާގައި ހާމަކުރިގޮތުގައި ޓީމުގެ އެކެއް ނޫނީ ދެކުޅުންތެރިޔަކު ކޮވިޑް19 އަށް ޕޮސޒިޓީވް ވެގެން އެކަހެރި ކުރަން ޖެހުނު ކަމުގައިވީ ނަމަވެސް މިފަހަރުގެ މެޗްތައް ލަސް ކުރާނެ ކަމަކަށް ނުބެލެވެއެވެ.

އިންގްލަންޑާއި ސްރީލަންކާއާ ދެމެދު ކުޅޭ ޓެސްޓް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗް މިމަހުގެ 14 ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.