ކުޅިވަރު

ބުންޑަސްލީގާގައި ޑޯޓްމުންޑާއި ވާދަކޮށް ވުލްފްސްބަރގް މެޗު ކާމިޔާބުކުރުން


ޖަރުމަނު ބުންޑަސްލީގާގައި ބޮރޫޝިއާ ޑޯޓްމުންޑާއި ވީ.އެފް.އެލް. ވުލްފްސްބަރގް ބައްދަލުކުރިމެޗް ޑޯޓްމުންޑް ކާމިޔާބުކޮށްފި.

ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖަހައިދިނީ ޑޯޓްމުންޑަށް ކުޅޭ ސްވިޓްޒަލަންޑްގެ ޑިފެންޑަރ މެނުއެލް އަކާންޖީ. މިއީ ޖޭޑަން ސަންޗޯ ނަގައިދިން ކޯނަރަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މިމެޗްގައި ޑޯޓްމުންޑްގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ އިންގްލަންޑްގެ ޒުވާން ފޯވަޑް ސަންޗޯއެވެ. މިއީ މިފަހަރުގެ ބުންޑަސްލީގާގައި އޭނާ ކާމިޔާބުކުރި ފުރުތަމަ ލަނޑެވެ.

މިކާމިޔާބީއާއެކު ޑޯޓްމުންޑް ވަނީ 14 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައަށް ކުރިއަށް ޖެހިލާފަ. އަދި ވުލްފްސްބާގް ވަނީ 14 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައަށް ފަހަތަށް ޖެހިލާފައެވެ.