ސިއްހަތު

ށ.ފުނަދޫގައި އުރަމަތީގެ ކެންސަރާ ބެހޭގޮތުން މަޢްލޫމާތުދީފި


އުރަމަތީގެ ކެންސަރާގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ށ.އަތޮޅު ޕަބްލިކް ހެލްތު ސާވިސްއިން ކުރިއަށް ގެންގޮސްފިއެވެ. ށ.ފުނަދޫގައި ހުރި ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި އުރަމަތީގެ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތަކާއި މިކަމުން ރައްކާތެރިވުމަށް އެޅޭން ހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތުދީފައިވެއެވެ. މިބައްދަލު ވުމުގެ އެންމެ ބޮޑު ބޭނުމަކީ،އުރަމަތީގެ ކެންސަރަކީ މިހާރު ވަރަށްގިނައިން ދިވެހިންނަށް ޖެހުމުންދާ ކެންސަރަކަށް ވެފައިވާތީ މިކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރިއަށްގެންދެވުނު މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކަމަށް ށ.އަތޮޅު ޕަބްލިކް ހެލްތު ސާވިސުން ބުނެއެވެ. މި ބައްދަލުވުމުގައި މައުލޫމާތު ދީފައިވަނީ ށ.އަތޮޅު ޕަބްލިކް ހެލްތު ސާވިސްގެ ބޭފުޅުންނެވެ.