ޚަބަރު

ޖޯޓާ- ޖޮޓީގައި ބައިވެރިވުމުގެ ހަރަކާތެއް ސްކައުޓުން ފަށައިފި


ދުނިޔޭގެ އެންމެ ބޮޑު
ސްކައުޓް އިވެންޓު ކަމަށްވާ ޖަމްބަރީ އޮން ދަ އިންޓަރނެޓްގައި، ޖޯޓާ ޖޮޓީގައި ބައިވެރިވުމުގެ
ގޮތުން ސްކައުޓް އެެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ޚާއްސަ ހަރަކާތެއް ފަށައިފި އެވެ.



 ހިރިޔާ ސްކޫލްގައި ކުރިއަށްދާ
މި ހަރަކާތުގައި ސްކައުޓުން މެދުގައި އެކުވެރިކަން ބަދަހިކުރެވި އިންޓަރނެޓް
މެދުވެރިކޮށް ޗެޓްކުުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސްކައުޓް އެސޯސިއޭޝަން
އޮފް މޯލްޑިވްސް އިން މައުލޫމާތު ދީފައި ވެއެވެ. އަދި މިއީ ވަރލްޑް އޯގަނައިޒޭޝަން އޮފް ސްކައުޓް
މޫވްމަންޓުން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 03 ވަނަ ހަފްތާގައި ފާހަގަކުރާ
ހަރަކާތެއްކަަމަށްވެސް އެފަރާތުން މައުލޫމާތު ދީފައި ވެއެވެ.

މިއަދު ހެނދުނު ދިހަޔަކުން
ހަވީރު ހައެއް ޖެހުމާ ހަމަޔަށް މި ހަރަކާތް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައި އެވެ. 

ކޮންމެ ސްކައުޓަކަށްވެސް މި ހަރަކާތުގައި ބައިވެރިވޭވެނެ ކަމަށް ސްކައުޓް
އެސޯސިއޭޝަނުން މައުލޫމާތު ދީފައި ވެއެވެ.