ކުޅިވަރު

ލީފްޒީގް މޮޅުވެ ތާވަލުގެ އެއްވަނައަށް


ޖަރުމަނު ބުންޑަސްލީގާގައި ލީޕްޒިގް މޮޅުވެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ލީގުގައި ރަށުން ބޭރުގައި ކުޅުނު މެޗު ލީޕްޒިގުން ކާމިޔާބުކުރީ ސްޓުޓްގާޓްއާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަހާފްގައި ލީޕްޒީގަށް ކުރި ހޯދަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެޓީމަށް ވަނީ އެފުރުސަތު ގެއްލިފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ލީފްޒިގަށް ލިބުނު ފުރުޏަތު އެތީމުގެ އެމިލް ފޯސްބާގަށް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. މެޗުގައި ލީޕްޒިގު މޮޅުވީ ދެވަނަ ހާފްގައި ޑެނީ އޮލްމޯ ކާމިޔާބުކުރި ލަނޑުންނެވެ.

ރޭ ތާވަލުގެ ދެވަނައިގަ އޮތް ބަޔާ ލެވަކޫސަން ވަނީ އެންޓްރެޗް ފްރެންކްފާޓް އަތުން ބަލިވެފައެވެ. މެޗު ފްރެންކްފާޓުން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފްރެއިބާގްއިން ވަނީ ހޮފެންހަމްގެ މައްޗަށް 3-1 ލަނޑުން ކުރިހޯދާފައެވެ. އޮގްސްބާގް އިން ކުލޯން މައްޗަށް ކުރި ހޯދިއިރު ޔޫނިއަން ބާލިން ވަނީ ވާޑާ ބްރޭމަންގެ މައްޗަށް ކުރިހޯދާފައެވެ. ބްރޫޝިޔާ މޮންޗެންގްލެބެކް، އަރްމީނިޔާ ބެލަފީލްޑް މައްޗަށް ކުރި ހޯދިއިރު ޝާލްކޭ ވަނީ ލީގުގައި ވިދިވިދިގެން 30 ވަނަ މެޗުން ބަލިވެފައެވެ. ލީގުގެ އަދި މޮޅެއް ނުހޯދޭއިރު އެޓީމުން ވަނީ މިހާތަނަށް 20 މެޗުން ބަލިވެ 10 މެޗު އެއްވަރުކޮށް ބައިކޮޅަށް 75 ލަނޑު ވަދެފައެވެ. އެޓީމުން ޖެހީ 15 ލަނޑެވެ.

ލީގުގެ އެއްވަނައިގައި މިވަގުތު ލީޕްޒިގް އޮތީ ކުޅުނު 14 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައިވާ ބަޔާން މިއުނަކަށް 30 ޕޮއިންޓް ލިބިފަވާއިރު ދެން އެޓީމު ކުޅޭ މެޗު ކާމިޔާބުކޮށްގެން އެއްވަނައަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ. ބަޔާ ލެވަކޫސަން ތިންވަނައިގަ އޮތީ 14 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނާގައި އޮތް ޔޫނިއަން ބާލިން އަށް ލިބިފައިވަނީ 14 މެޗުން 24 ޕޮއިންޓެވެ.