ޚަބަރު

އަދާލަތު ޕާޓީގެ ރައީސް ހޮވުން މިމަހު


އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު މިމަހުގެ 23 ވަނަދުވަހު ބޭއްވުމަށް ނިންމައިފިއެވެ. އެ ޕާޓީން ބުނީ ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން އެދުވަހު އޮންނާނެކަމަށެވެ.

ޕާޓީގެ އިސް ދެ މަޤާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެފރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އަދާލަތުން ބުނީ ޕާޓީގެ ރައީސާއި ނާއިބު ރައީސަށް ކުރިމަތިލާން ބޭނުންވާ ފަރާތަކުން މިމަހުގެ 9 ވަނަދުވަހުގެ ކުރިން އެކަމަށް ބޭނުންވާ ލިޔުންތައް ހުށައަޅަންޖެހޭކަމަށެވެ.

އިންތިޙާބާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެެއް ސާފުކުރަން ބޭނުންވާނަމަ ޕާޓީގެ މައި އިދާރާގެ ނަމްބަރު 3342671 އާއި [email protected] އީމެއިލްއަށް ހުށައެޅޭނެކަމަށްވެސް އަދާލަތު ޕާޓީން ބުނެއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މިހާރުގެ ރައީސްއަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.