ކުޅިވަރު

ފިރިހެން ޑިވިޝަންގެ ސެމީއަށް އަފުން ޓީމާ ދަޑިމަގު ހުދެކެޑެ


     ފްރީގައިޒް ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުން އަފުން
ޓީމާ ދަޑިމަގު ހުދެކެޑެ ޖާގަ ހޯދައިފި.

      އަފުން ޓީމް ސެމީފައިނަލުން ޖާގަ ހޯދީ
ހޯދަޑު ޖަންގ ޖެނެރޭޝަންއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.
މިމެޗްގެ ސެޓްތަައް އަފުން ޓީމް ހޯދީ ފަންސަވީސް އަށެއް، ފަންސަވީސް ބާރަ އަދި
ފަންސަވީސް ބާވީހުންނެވެ.

 އަފުން ޓީމްގައި ރާއްޖޭގެ ޤައުމީ ޓީމަށް ނިސްބަތްވާ ގިނަ
ކުޅުންތެެރިންތަކެއް ހިމެނެއެވެ. މިއަދު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ
އަފުން ޓީމްގެ އަޝްފާގު އާދަމްއެވެ. 

    މިގްރޫޕުން ސެމީއަށް ނުގޮސް ކެޓީ ހޯދަޑު ޔަންގ
ޖެނެރޭޝަންއެވެ.