ޚަބަރު

ރޭ ލ.ގަމުގައި ބަޔަކު ދިން ހަމަލާއެއްގައި ޒުވާނަކު މަރުވެއްޖެ


ރޭ ލ.ގަމުގައި ބަޔަކު ދިން ހަމަލާއެއްގައި ޒުވާނަކު މަރުވެއްޖެއެވެ. މިހަމަލާގައި މަރުވެފައިވަނީ އެރަށު ތުނޑީ އަވަށު ވުޑްލޭންޑް އުމުރުން ތިރީސް އެއް އަހަރުގެ އަޙުމަދު ނިޒާރު ކަމަށް ފުލުހުންވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިއީ މިހާތަނަށް އެއްވެސް ކުށުގެ ރިކޯޑެއް ނެތް މީހެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިޙާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2:23 ހާއިރު ކަމަށާއި، ފުލުހުން އެ ސަރަޙައްދަ ދިޔައިރު އަނިޔާ ލިބުނު މީހާ އެތަނުގައި އޮތް ކަމަށާ އަދި އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށް އޭނާ ބެލި ޑޮކްރަނުންނާ ހަވަލާދީ ފުލުހުން މައުލޫމާތުދެއެވެ. މިހާތަނަށް ބެލިބެލުމުން މިހާދިސާގައި ނިޔާވެފައިވާ މީހާއަށް ބަޔަކު މީހުން ހަމަލާދީފައިވަނީ ދަގަނޑު ބުރިއަކާއި، ލަކުޑި ބުރިއެއް ބޭނުންކޮށްގެން ކަމަށާއި، މިކަން ކުރި ބަޔަކު ހޯދާ މިހާދިސާ އިތުރަށް ތަހުޤީޤު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމަކުން މިހާރު ގަމަށް ދަތުރުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.