ސިޔާސީ

ޕީޕީއެމް ޕީޖީ ގްރޫޕްތެރޭގައި އެެއްވެސް މައްްސަލައެއްނެތް- ނިހާން


ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ތެރޭގައި އެެއްވެސް މައްްސަލައެއް ނެތް ކަމަށާއި، ހުރިހާ މެމްބަރުންވެސް ރައީސުލްޖުމްހޫރިއްޔާއާއެކު ތިއްބެވި ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. ނިހާން މިހެން ވިދާޅުވީ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވިސްނުމާ މެދު ޝައްކު އުފައްދާ އެކި ފަރާތްތަކުން ވާހަކަދައްކަމުން ދިޔަ ނަަމަވެސް އެކަމުގައި ހަގީގަތެއް ނެތެކަމަށެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ފުރިހަމަ ތާއީދު އޮތީ ރައީސް ޔާމީނަށްކަމަށާއި، ރައީސްގެ ގާނޫނީ މަސައްކަތްޕުޅުތަކުގައި އެހީތެރިވުމުގައި ޕީޕީއެމްގެ ކޮންމެ މެންބަރަކު ވެސް އިހުލާސްތެރިކަމާ އެކު އެމަނިކުފާނަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ނިހާން ދެއްވިއެވެ.

މިހާތަނަށް މީޑިއާޔަށް ނިކުމެ އެހާދިސާގެ ވާހަކަނުދައްކާ ތިބީ މިއީ ވަރަށް ސީރިއަސް މައްސަލައަކަށް ވެފައި އެކަމާ ގުޅޭ ގައުމީ ތަހުގީގެއް ކުރިއަށް ދާ ދަނޑިވަޅެއްގައި އެކަމަށް ހުރަސް އެޅިދާނެތީކަމަށް ވިދާޅުވިއެވެ. ނަމަވެސް ޕީޖީ ގްރޫޕުންމިހާތަނަށް މިކަމުގައި ރައީސްއަށް ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަންް ދެއްވާފައިވާނެކަމަށާއި، ރަށުން ބޭރަށް ވަޑައި ނުގެން މެންބަރުން ތިއްބެވީ ރައީސްއަށް މި ދަނޑިވަޅުގައި އެހީތެރިވެ ވަޑައިގަތުމަށްކަމަށް ނިހާން ވިދާޅުވިއެވެ.

މިހާތަނަށް އެ ހަމަލާގެ މަޢުލޫމާތު ރައްޔިތުންނަށް އެންމެ ރަނގަޅަށް ގެނެސްދެވިފައެއް ނުވާކަން ފާހގަކުރައްވާ ނިހާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ ބައްދަލުވުމެއް ނުބާއްވަނީ ކީއްވެގެންތޯ އާއި މެމްބަރުންނާއި ވަޒީރުން މި ވާހަކަ މީޑިއާގައި ނުދައްކަވަނީ ކީއްވެގެންތޯ އެކިފަރާތްތަކުން ސުވާލު އުފައްދާފައިވާކަމަށެވެ. ނަމަވެސް މިހާދިސާއާ ބެހޭ ގޮތުން އެއްޗެއް ނުބުނެ ތިއްބެވީ އެމަނިކުފާނުގެ  އިރުޝާދާ އެކުކަމަށާއި، އެކަމުގެ ހުއްދަ ލިބުނުހާ އަވަހަކަށް 241 ކޮމެޓީ ބޭއްވީކަމުގައި ވިދާޅުވިއެވެ.241 ކޮމެޓީގައި މުހިންމު ކަންތައްތަކެއް އެނގުނު ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ކަމެެއްގެ ގޮތުގައި ފާހަގަކުރެވުނީ، ރައީސްގެ ސެކިއުރިޓީގައި ވަރަށް ބޮޑެތި ގޯސްތަކެއް ހެދިފައިވާ ކަން ކަމަށެވެ. އެ ހަމަލާޔާ ގުޅޭ ވަރަށް ގިނަ މަޢުލޫމާތުތައް  ކޮމިޓީއަށް ސާފުވިކަމަށާއި، އެ ހާދިސާ ހިނގި ދުވަހު ސެކިއުރިޓީ މީހުން އަމަލު ކުރި ގޮތުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަމަށް ވިދާޅުވިއެވެ. ނިހާން ވިދާޅުވީ މި ހާދިސާ ހިނގި ދުވަހު ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އައިޖީއެމްއެޗުގައި އެޑްމިޓްކުރައްވާފައި އޮންނަވަނިކޮށް، އެ ހޮސްޕިޓަލްގައި ވެސް ޕީޕީއެމްގެ މެމްބަރުންގެ ބައްދަލުވުމެއް ބޭއްވިކަމަށެވެ.