ކުޅިވަރު

އެރިކްސަން ގެނައުމަށް އާސެނަލް އިން މަސައްކަތް ކުރަނީ


އިންޓަ މިލާންގެ މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަން، ކުރިއަށް އޮތް ޖަނަވަރީ ޓްރާންސްފާގައި އާސެނަލްއަށް ގެނައުމަށް އެ ކުލަބުން މަސައްކަތް ހުއްޓާނުލާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފިއެވެ.

އިންޓަގެ ސީއީއޯ ވިދާޅުވެފައި ވަނީ، އެރިކްސަން ބޭނުންނަމަ ކުރިއަށް އޮތް ޖަނަވަރީ ޓްރާންސްފާގައި އޭނާއަށް ކުލަބު ދޫކޮށްލެވި ދާނެ ކަމަށެވެ. އަދި ޓްރާންސްފާ މުއްފދަތުގައި އެރިކްސަންގެ ހާލަތު ގާތުން ބަލާނެ ކަމަށެވެ. އޭނާ އަށް ހުށަހަޅާ ޓްރާންސްފާތަކާ މެދުވެސް އިންޓައިން ފުންކޮށް ވިސްނާނެ ކަމަށެވެ.

އިންޓަ މިލާންއިން ވަނީ، ޑެންމާކުގެ ފޯވަޑް ދޫކޮށްލަން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. އާސެނަލްއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ގުރެނިޓް ޒަކާ އިންޓަ އަށް ދިނުމަށް ފަހު އެރިކްސަން ގެނައުމަށެވެ. ނަމަވެސް އެކަމަށް ޒަކާ އެއްބަހެއް ނުވިއެވެ. ސްކައި ސްޕޯޓްސްއިން ބުނީ، ޒަކާ އެގޮތަށް ބޭނުން ނުވި ނަމަވެސް، އާސެނަލްއިން އަދިވެސް އެރިކްސަން ގެނައުމުގެ މަސައްކަތް ހުއްޓާ ނުލާ ކަމަށެވެ.

ޑެންމާކްގެ މިޑްފީލްޑާ އިންޓައަށް ބަދަލުވީ، ހުސްވިއަހަރު ޖަނަވަރީ މަހު ޓޮޓެންހަމް ހޮޓްސްޕާސްއިންނެވެ.