ޚަބަރު

އުގައިލް ފައުންޑޭޝަނުން ކުޑަކުދިންނަށް ކުރިޔަށްގެންދިޔަ ޕްރޮގްރާމް ނިންމާލައިފި


އުގައިލް ފައުންޑޭޝަނުން މިއަހަރު ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމް ނިންމަވާލައްވައިފިއެވެ.

"ދަ ސާރކަލް"ގެ ނަމުގައި މެދުމަދުރަސީ އަދި ސާނަވީ ގްރޭޑުތަކުގެ ދަރިންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދިޔަ މިޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޕްރޮގްރާމްގައި ވަނީ 400 ކުދިން ބައިވެރިވެފައެވެ. މި ޕްރޮގްރާމްގައި ސައިންސްއާއި، ޓެކްނޮލަޖީއާއި އިންޖީނިއަރިންގ އަދި ހިސާބުގެ އޮނިގަނޑުތައް ބިނާކޮށް، މި ދާއިރާތަކުން ދަރިވަރުންނަށް ބޭނުންވާ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދެއެވެ.

އުގައިލް ފައުންޑޭޝަނުން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލިއިރު މި ޕްރްގްރާމުގެ ތެރެއިން ދަރިވަރުން ވަނީ އެ ދަރިވަރުންނަށް އުގެނިގެންދިޔަ ބައިތަކުގެ މައްޗަށް އަލިއަޅުވާލައި ދެ ފޮތެއް ލިޔެފައެވެ. "ލައިފް އިން 2020" އަދި "2020 ވަޓް ވުޑް އިޓް ބީ ލައިކް؟" ގެ ނަމުގައި ދަރިވަރުން ލިޔެފައިވާ މި ދެ ފޮތް ނިމި މިހާރު ވަނީ އެމެޒަންގައި ޝާއިޢުކޮށްފައެވެ.

އުޤައިލު ފައުންޑޭޝަނަކީ ޓެކްނޮލޮޖީއާއި ކޮމްޕިއުޓަރ ޢިލްމުގެ ދާއިރާއިންނާއި ތާފާތު އެކިއެކި ރޮގުން މީހުން ބިނާކުރުމަށް 2019ވަނަ އަހަރު، ރަޖިސްޓްރީ ކުރެވިގެން ހިލޭސާބަހަށް، ރާއްޖޭގައި މަސައްކަތް ކުރަމުންގެންދާ އަމިއްލަ ޖަމްޢިއްޔާއެކެވެ.