ޚަބަރު

މަސްވެރިންގެ ދުވަހާއި، ދަނޑުވެރިންގެ ދުވަސް ފާހަގަކުރުން


މިއަހަރުގެ މަސްވެރިންގެ ދުވަހާއި، ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އަންނަ ނޮވެމްްބަރު މަހުގެ 19ން 21ށް މާލޭގައި ކުރިއަށްގެންދަވާނެކަން ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.ރާއްޖޭގެ މިނިވަން ކަމަށް ފަންސާސް އަހަރު ފުރޭ މުނާސަބާތާއި ގުޅުވައިގެން  ރަސްމީ ސިފައެއްގައި މާލޭގައި މަސްވެރިންގެ ދުވަހާއި، ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް މަސައްކަތް ކުރާކަމަށާއި، މާލޭގައި މި ދެދުވަސް އެއްކޮށް ފާހަގަކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ޚަރަދު ކުޑަކުރުން ހިމެނޭކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން، ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، މިއަހަރުވެސް މަސްވެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެކި ފަރާތްތައް ހޮވުމުގެ އިތުރުން، އަތޮޅުތަކުން މަސްވެރިންނާއި، ދަނޑުވެރިން މާލެ ގެނެސް އާންމުނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތަކެއް އެކްސްޕޯއެއްގެ ސިފާގައި ކުރިއަށްގެންދަވާނެކަމަށެވެ. މީގެއިތުރުން ބޭރުގެ ފަރާތްތަކާއި ގުޅިގެން މަސްބޭނުމުގެ މުބާރާތެއްވެސް މިފަހަރު ކުރިއަށްދާނެކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.