ކުޅިވަރު

ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗް ފިސްޑާ ކާމިޔާބުކޮށްފި


    ފްރީގައިޒް ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗް ފިސްޑާ
ކާމިޔާބުކޮށްފި.

  ފުވައްމުލަކު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަަށްގެންދާ
މިމުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުޅުން މިއަދު ފެށިއިރު، ފުރަތަމަ މެޗް ފިސްޑާ
ކާމިޔާބުކުރީ ފުނާޑާ ވާދަކޮށް ސީދާ ތިންސެޓުންނެވެ.

 ޤައުމީ ޓީމްގައި ހިމެނޭ
އަހުމަދު އަހުމަދު އަބްދުލް ކަރީމް އަދި މުހައްމަދު ޝާއިންގެ އިތުރުން
ސްރީލަންކާގެ ކުޅުންތެރިއެއް ކުޅެމުން އަންނަ ފިސްޑާ މެޗްގެ ސެޓްތައް ހޯދީ
ފަސޭހަކަމާއެކު، ފަންސަވީސް ހަތެއް، ފަންސަވީސް އެގާރަ އަދި ފަންސަވީސް
ތޭރައިންނެވެ. 

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިސްޑާގެ މުހައްމަދު އަހުމަދެވެ.
މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރަނީ ހަޓީމެވެ.