ވިޔަފާރި

ބުރާސްފަތިދުވަހު ބީއެމްއެލް ބަންދުވާނެ!


އޮޑިޓްކުރުމަށް އަންނަ ބުރާސްފަތި ދުވަހު ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ސަރވިސް ސެންޓަރުތަކާއި ބްރާންޗުތައް ބަންދުކުރުމަށް ނިންމައިފިއެވެ.

ކޮންމެ އަހަރެއްގެވެސް އެންމެ ފަހު ދުވަހަކީ އޮޑިޓްކުރުމަށް، ރަސްމީކޮށް ބޭންކް ބަންދުކުރާ ދުވަހެކެވެ. މިއަހަރުގެ އެންމެފަހު ދުވަހަކީ ބުރާސްފަތި ދުވަހަށްވުމާއެކު ވިދިގެން އަންނަ ހުކުރު އަދި ހޮނިހިރު ދުވަސް ވެސް ބޭންކް ބަންދުވާނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

އޮޑިޓް ކުރުމަށް ބޭންކްގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް ބަންދުކުރި ނަމަވެސް، ބޭންކުން އޮންލައިންކޮށް ދެމުން އަންނަ ހުރިހާ ހިދުމަތެއް 24 ގަޑިއިރުދެމުން ގެންދާނެކަމަށް ބޭންކުން މައުލޫމާތުދެއެވެ. އަދި އޭޓީއެމްތަކުން ހޯދާ ޚިދުމަތްތައް ރައްޔިތުންނަށް މެދުނުކެނޑި ލިބޭނެކަމަށްވެސް ބީއެމްއެލްއިން މައުލުމާތުދެއެވެ.

ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު އޮޑިޓް ކުރުމަށް ބީއެމްއެލް ބަންދުކުރާއިރު، ހުކުރު އަދި ހޮނިހިރު ދުވަހަށްފަހު ޖެނުއަރީ 3 ވަނަ ދުވަހު ބޭންކް ހުޅުވާ ޚިދުމަތްތައް ކުރިއަށް ގެންދާނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.