ސިޔާސީ

ފިނިފެންމާ ލޯންޗްގެ ހާދިސާ ސިޔާސީކޮށްގެން ނުވާނެ- ނައިބުރައީސް


ފިނިފެންމާ ލޯންޗްގައި ހިނގި ހާދިސާ ތަހުގީގު ކުރުމުގައި އޭގެ އެންމެ ފުންމިނަށް ގޮސް އެކަމުގައި އަސްލު ހިމެނޭ މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެކަމަށާއި، އެފަދަކަން ކަން ސިޔާސީކޮށްގެން ނުވާނެކަމަށް ވިދާޅުވެފައިވާނެކަމަށް ނައިބްރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.ނައިބްރައީސް ޗައިނާއަށް ފުރާއިވަޑައިގަތުމުގެ ކުރީން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ  ރޭ ދީޓީވީގެ ޚަބަރުތެރެއިން ޕްރޮގްރާމްގައި ދެއްކެވި ވާހަކަތަކުގައި ވަކި މީހެއްގެ ވާހަކަ ވިދާޅުވެފައި ނުވާނެކަމަށާއި، ނަމަވެސް އެމަނިކުފާނަކީވެސް ސިޔާސީ ޕާޓީއެއްގެ ނައިބުރައީސެއްގެ ހައިސިއްޔަތުން ސިޔާސީ މީހަކަށް ވާއިރު، ސިޔާސީ ފަރާތްތަކުން އެމަނިކުފާނާއި ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތް ކުރާކަމަށެވެ.ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލަށް އިޝާރާތްކުރައްވަމުން އަދީބް ވިދާޅުވީ، ސިޔާސީ ގޮތުން ފާޑުވިދާޅުވުމަށް ބޭނުންފުޅުވާނަމަ އެންމެ ފުރަތަމަ މި ގައުމަށް ވަޑައިގެން އެކަން ކުރަން ޖެހޭކަމަށެވެ.ނައިބް ރައީސް އަދީބު ވިދާޅުވީ، ފިނިފެންމާ ލޯންޗުގެ ހާދިސާގެ ތަހުގީގް ކުރިއަށްދަނީ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ރަނގަޅު ސްޕީޑްގައި ކަމަށެވެ. އަދި ތަހުގީގުގައި  ބޭރުގެ ފަރާތްތަށް ބޭނުންކުރުމަކީ އެފަދަ ބޮޑެތި ކަންކަން ތަހުގީގުކުރަން އެންމެ ރަނގަޅުގޮތް ކަމަށް ވިދާޅުވިއެވެ. އަދި އެކަމގައި ޒިންމާވާ ފަރާތްތަކަށް ބޮޑެތި އަދަބު ދިނުމަކީ އެމަނިކުފާނުވެސް އެންމެ އެދޭ ގޮތްކަމަށް ނައިބްރައީސް ވިދާޅުވިއެވެ.