ޚަބަރު

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި


ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، މިތަކެތި ނައްތާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކ. ތިލަފުށީ ސައިޓުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައިކަމަށެވެ. އެގޮތުން 8719.92 ލީޓަރުގެ ބަނގުރަލާއި، 2220.5 ކިލޯގެ އޫރުމަސް ނައްތާލާފައިވާކަން ކަސްޓަމްސްއިން ވަނީ ހާމަކުރައްވާފައެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތިކަމަށް ކަސްޓަމްސްއިން ވިދާޅުވެފައިވެއެވެ.