ސިއްހަތު

އަތް ދޮވުމުގެ ދުވަސް ގަލޮޅު މަދަރުސާގައި ފާހަގަކޮށްފި


ބައިނަލް އަގުވާމީ އަތްދޮވުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް- އައި-ޖީ-އެމް-އެޗުން އަތްދޮންނަން ދަސްކޮށްދިނުމުގެ ހަރަކާތްތަކެއް ގަލޮޅު މަދަރުސާގައި ކުރިޔަށްގެންގޮސްފިއެވެ.އައިޖީއެމްއެޗުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ މި ހަރަކާތުގައި ގަލޮޅު މަދަރުސާގައި ތައުލީމް ހާސިލް ކުރަމުންދާ ޕްރީސްކޫލްދަރިވަރުންނަށް އަތްދޮވުމުގެ ބޭނުންތެރިކަމާއި އެކަމާއި ގުޅޭ މައުލޫމާތުދީފައިވެއެވެ.މިހަރަކާތާއި ގުޅޭ މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑެޕިއުޓީ ވޯޑް މެނޭޖަރ އާމިނަތު ރިޝްފާ ވިދާޅުވީމިދުވަހާއި ގުޅުވައިގެން މި ފަދަ ޕްރޮގްރާމެއް ކުރިޔަށްގެންދިއުމުގެ ބޭނުމަކީ ތުއްތު އިރުންފެށިގެން އަތްދޮވުމުގެ މުހިންމުކަމާއި އެކަމުގެ ބެނުނުންތެރިކަން ބުނެދިނުންކަމަށެވެ.މިދުވަހާއި ގުޅުވަިއގެން އައިޖީއެމް އެޗުން މި ހަފްތާތެރޭގައި އިތުރު ހަރަކާތްތަކެއްވެސް ކުރިޔަށްގެންދިއުމަށް ރާވާފައިވާކަމަށާއި އެގޮތުން މާދަމާ ކުޑަކުދިންގެ ބަގީޗާގައި ތަފާތު ހަރަކާތްތައް ކުރިޔަށްގެންދިއުމަށް ރާވާފައިވާކަމަށް ރިޝްފާ ވިދާޅުވިއެވެ. އެގޮތުން މާދަމާ ކުުޑަކުދިންގެ ބަގީޗާއަށް ދާ ކުދިންނަށް އަތްދޮވުމުގެ މުހިންމުކަމާއި އަދި ރަނގަޅަށް އަތްދޮންނާނެގޮތް، ދަސްކޮށްދިިނުމަށް ހަމަޖެހިފައިވާކަމަށް ރިޝްފާ ވިދާޅުވިއެވެ.އަތްދޮވުމަކީ ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ވަރަށް މުހިންމުކަމެކެވެ. ހާއްސަކޮށް ސައިބޯނިލައިގެން ރަނގަޅަށް އަތްދޮންނަނަމަ ގައިންގަޔަށް އަރާ ގިނަ ބަލިތަކުންމީހާ ރައްކާތެރިކޮށްދޭނެކަމަށް ސިއްހީ މާހިރުން ބުނެއެވެ.