ވިޔަފާރި

"މެޑިހެލްޕް" އިން ބޭސްފަރުވާއަށް ދާ ފަރާތްތަކަށް އެހީތެރިވެދެނީ


ރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ މެޑިހެލްޕް މޯލްޑިވްސްއިން ރާއްޖެއިންނާއި ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދާފަރާތްތަކަށް އެކަމުގެ މަގުފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް އެކުންފުނިންބުނެފިއެވެ.މެޑިހެލްޕް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފައުޒީ ވިދާޅުވީ  އާސަންދައިގެ ހިދުމަތް އޮންނައުސޫލުގެމަތިން ބޭރުގައުމުތަކުގެ އާސަންދަ ހިދުމަތްދޭ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި، އެމީހަކު ބޭނުންވާ ހޮސްޕިޓަލަކުން އެޕޮއިންޓްމެންޓް ހަމަޖައްސައިދިނުމާއި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެމުންގެންދާކަމަށެވެ.އެމީހެއްގެ ބަޖެޓަށް އެކަށީގެންވާ މިންވަރަކުން އެކަމަޑޭޝަނާއި ދަތުރު ފަތުރުގެ އިންތިޒާމްވެސް އެކޮމްޕެނީން ހަމަޖައްސައިދޭކަމުގައި ފައުޒީ ވިދާޅުވިއެވެ.މެޑިހެލްޕް މޯލްޑިވްސް އިން ބުނީ ޑޮކްޓަރަށް ދެއްކުމުގައި އެ ކުންފުނީގެ މުއައްޒަފެއްގެ އެހީބޭނުން ކުރާކަމުގައިވާނަމަ ސާރވިސް ޗާރޖެއްގެ ގޮތުގައި ޑޮކްޓަަރަށް ދެއްކުމުގެ ހުރިހާކަމަކަށް 50 ޑޮލަރ ނެގުމަށް ހަމަޖެހިފައިވާކަމަށެވެ. ރަށްރަށުގެ މީހުން މާލެއައުމުގެ ބަދަލުގައި ރަށުގައި ހުރެގެން އާސަންދައިގެދަށުން ބޭރަށް ބޭސް ފަރުވާއަށް ދިއުމުގެއިންތިޒާމު ހަމަޖައްސައިދޭކަމަށްވެސް އޭނާވިދާޅުވިއެވެ