ޚަބަރު

މިރެއާ ހަމައަށް އުތުރަށް މޫސުން ގޯސް

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފިއެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ބ.އަތޮޅާއި ހަމައަށެވެ. މި އެލަރޓް ދަމަހައްޓާފައިވަނީ މެންދުރު 14:00އިން ފެށިގެން މިރޭގެ 20:00އާއި ހަމައަށެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދަޅުވީ މި ވަގުތުތަކުގައި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިވަގުތުތަކުގައި 45މޭލަށް ވައި ގަދާވާނެކަމަށްވެސްވަނީ ބުނެފައެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެވެސް މެޓުން ބުނެއެވެ. ރާޅުގެ އުސްމިން އުޅޭނީ 3ފޫޓާއި، 6ފޫޓާއި ދެމެދުގައެވެ.

އުތުރުގެ އަތޮޅުތަކުގެ އިތުރަށް ރާއްޖޭގެ އެހެން ސަރަޙައްދުތަކަށްވެސް އެކިވަގުތުތަކުގައި މުސުންގޯސްވާނެކަމަށް މެޓުން ލަފާކުރެއެވެ.

އެހެންކަމުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރަތްތަކުން މޫސުމަށް ސަމާލްވުމަށްވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ މޫސުން ގޯސަވަމުންދާތީ އެކިވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މެޓުންދަނީ އެލަރޓް ނެރެމުންނެވެ. އެގޮތުން މިއަދު ހެނދުނުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފައިވެއެވެ.