ކުޅިވަރު

ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދަޑިމަގު ރަނިން ސެމީއަށް


   ފްރީގައިޒް ފުވައްމުލަކު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީފައިނަލުން ދަޑިމަގު
ރަނިންނާ ފުނާޑު ޖާގަ ހޯދައިފި. 

ގްރޫޕް ދޭކުން ދަޑިމަގު ރަނިން ސެމީފައިނަލަށް
ދިޔައީ އެއްވަނަ ޓީމްގެ ގޮތުގައެވެ. ޔެސް މާލެގަންއާ ވާދަކޮށް ގްރޫޕްގެ ދެވަނަ
މެޗް ދަޑިމަގު ރަނިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗްގެ ސެޓްތައް
ދަޑިމަގު ރަނިން ގެންދިޔައީ ފަންސަވީސް ސާދަ، ފަންސަވީސް ބާވީސް އަދި ފަންސަވީސް
ތޭވީހުންނެވެ.

 މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަޑިމަގު ރަނިން ޓީމްގެ ތިޖީ
ރާޖެވެ. ދަޑިމަގު ސެމީއަށް ދިޔައީ ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށްގެންނެވެ.

 ސެމީއަށް ނުގޮސް މިގްރޫޕުން ކެޓީ ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ މާލެގަންއެވެ.
މިމުބާރަތުގެ ސެމީފައިނަލް މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސާދަ ވަނަ
ދުވަހުއެވެ. މުބާރާތުގައި ވާދަކުރަނީ 6 ޓީމެވެ.