ކުޅިވަރު

ސެމީފައިނަލުން ފިސްޑާއާ މިސްކިތްމަގު ޖާގަ ހޯދައިފި


    ފްރީގައިޒް ފުވައްމުލަކު ވޮލީ ބޯޅަ މުބާރާތުގެ ސެމީފައިނަލުން ފިސްޑާއާ މިސްކިތްމަގު ޖާގަ
ހޯދައިފި. 

ފިސްޑާ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދީ
މިއަދު  ހޯދަޑު ސްޕައިކާސްއާ ވާދަކޮށް ތިން
ސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. 

މެޗްގެ ފުރަތަމަ ސެޓް ފަންސަވީސް
ބާވީހުން ހޯދީ ހޯދަޑު ސްޕައިކާސްއެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓް
ފަންސަވީސް އެގާރަ، ފަންސަވީސް ސާދަ އަދި ފަންސަވީސް ހަތަކުން ފިސްޑާ ކާމިޔާބުކުރިއެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިސްޑާގެ ބިދޭސީ ކުޅުންތެރިޔާ ވާސޫއެވެ.

 ކުޅުނު ދެމެޗުން ބަލިވެ ހޯދަޑު ސްޕައިކާސް ވަނީ މުބާރާތުން ކަޓާފައެވެ. ގްރޫޕްގެ
އެއްވަނަ ޓީމްގެ ގޮތުގައި ފިސްޑާ ސެމީފައިނަލުން ޖާގަ ހޯދިއިރު އެޓީމް ވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށްފައެވެ. މިސްކިތްމަގަށް
ސެމީއިން ޖާގަ ލިބުނީ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ.